މެންދުރު ބޮޑުކުރި މަސްދަޅުގެ އަގު އިރުއޮއްސުނުއިރު ކުޑަކޮށްފި

މިފްކޯ މަސްފިހާރަތެރެ؛ މިފްކޯއިން މިހާރު ތެޔޮ މަސްދަޅު ކޭހެއް ލިބެނީ  -- ފޮޓޯ: އަދަދު

މިފްކޯ މަސްފިހާރަތެރެ؛ މިފްކޯއިން މިހާރު ތެޔޮ މަސްދަޅު ކޭހެއް ލިބެނީ -- ފޮޓޯ: އަދަދު

އިންތިހާބުތައް ނިމުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވަނިކޮށް އިންތިހާބު ނިމުނުތާ ދެ ދުވަސް ނުވަނީސް، ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު މިއަދު މެންދުރު ބޮޑުކުރުމަށްފަހު، އިރުއޮއްސުނުފަހުން އަނެއްކާވެސް މަސްދަޅުގެ އަގު ކުޑަކޮށްފި އެވެ. 

މިފްކޯއިން ބުނީ މަސްދަޅުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިންވެސް ވިއްކަމުންދިޔަ އަގަށް މަސްދަޅު ވިއްކަން ނިންމާފައިވާ ކަމަށެވެ. 

މިފްކޯއިން މިއަދު މެންދުރު ތެޔޮ މަސްދަޅެއްގެ އަގު 18.50ރ. އަށް ބޮޑުކުރިއިރު، މަސްދަޅު ކޭހެއްގެ އަގުބޮޑުކުރީ 800ރ. އަށެވެ. ނަމަވެސް މިފްކޯއިން ވަނީ ކުރިން ތެޔޮ މަސްދަޅު ވިއްކި އަގު ކަމަށްވާ 17.50ރ. އަށް އަގު ކުޑަކޮށްފަ އެވެ. އެއާއެކު، ތެޔޮ މަސްދަޅު ކޭހެއް މިހާރު ކުރިން ވިއްކި އަގު ކަމަށްވާ 760ރ. އަށް ލިބެ އެވެ. 

މިފްކޯއިން ބުނީ މަސްދަޅުގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާއެކުގައި ކަމަށެވެ. 

މާޗު މަހުގެ ކުރިން 11.57ރ. އަށް ލިބުނު ތެޔޮ ލީޓަރެއް މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަން އެ ކުންފުނިން ފާހަގަކުރި އެވެ. 

އެ ކުންފުނިން ބުނީ ދުނިޔޭގެ އިގްތިސާދަށް މިހާރު އައިސްފައިވާ ހިނަރުކަމާއެކު ކުރިމަތިވާ ގޮންޖެހުންތަކުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވިޔަސް، ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންނަށް އަސަރު ކުޑަވާ ގޮތަށް ކަމަށެވެ. 

މިފްކޯ އިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ރަސްމީ ގަޑި ކުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ވިސްނަމުންދާ ކަމަށް އިއްޔެ ބުނެފަ އެވެ. 

މިގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާ ގަޑި ހެނދުނު 8:00 އިން މެންދުރު 2:00 އަށް ވަނީ ކުރުކޮށްފަ އެވެ.  މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.

މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފުޑް ކާނިވަލުގެ 15 އައުޓްލެޓަކުން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް ކާނިވަލުގެ 15 އައުޓްލެޓަކުން އެމްއައިބީގެ ކާޑު ނުވަތަ ވެއަރަބަލް ޕޭމަންޓް ބޭނުންކޮށްގެން ވިޔަފާރިކުރުމުން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ. މީގެ އިތުރުން، އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް ކުއިޒްގައި ބައިވެރިވެގެން "ފައިސާވެއާ" ރިންގެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި.

ފެމިލީ ޑެންޓަލް ކެއާއިން 35 ޕަސެންޓުގެ ޑިސްކައުންޓު

ފެމިލީ ޑެންޓަލް ކެއާގެ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ކްލިނިކުންދޭ ހުރިހާ ފަރުވާއަކުން 35 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންސަލްޓޭޝަން މުޅިން ހިލޭ ލިބޭއިރު، ދަތް ސާފުކުރުމާއި ހުދުކުރުން ފަދަ ހިދުމަތްތައް ވަރަށް ހެޔޮ އަގުތަކެއްގައި މި މުއްދަތުގައި ލިބިގެންދާނެއެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދައިފި

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި މުއިއްޒު އުފެއްދެވި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ތަރައްގީކޮށް، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް އެ ސިނާއަތުގެ މަންފާ މުޅި އަތޮޅަށް ފޯރުކޮށްދިނުން.

އެޗްޑީސީއަށް 2024 ގައި ދެ ބިލިއަން ރުފިޔާ ފައިދާވި

އެޗްޑީސީއަށް ފައިދާ ލިބުމުގެ މައިގަނޑު ސަބަބަކީ ބައެއް ބިންތައް އިންވެސްޓްމަންޓް ޕްރޮޕަޓީތަކަށް ބަދަލުކުރުމާއި، ކުލީގެ އާމްދަނީ އަދި ފައިނޭންސިން ހަރަކާތްތަކުން ލިބުނު ފައިސާ އިތުރުވުމުން. ބިމާއި ހައުސިން ޔުނިޓް ވިއްކައިގެން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީއާއެކު ކުންފުނީގެ މާލީ ހާލަތު ވަނީ ރަނގަޅުވެފަ.

އައިކެއާ ޖުލައި އޮފާ: 30 ޕަސެންޓު ޑިސްކައުންޓް

އައިކެއަރ އޮޕްޓިކަލްއިން ޖުލައި 15 އިން އޮގަސްޓް 1 އަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި، ދެ އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އެއް ފްރޭމުން 30 ޕަސެންޓުޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ޒައިސް ސްމާޓްލައިފް ލެންސާއެކު އައިނު ބައްލަވައިގަންނަވާ ފަރާތްތަކަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެމްއައިބީން ފުޑް ކާނިވަލް

މި މަހުގެ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ "ފުޑް ކާނިވަލް 2026" ގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި އެމްއައިބީން ބައިވެރިވެ، ބޭންކުގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ. މި ކާނިވަލުގައި އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ހަރަކާތްތަކެއްގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިތުރު އެއާޕޯޓުތައް ތަރައްގީކުރުން ހުއްޓާލަން ފިރާގު ގޮވާލައިފި

ރާއްޖޭގައި އިތުރު އެއާޕޯޓުތައް އެޅުމުގެ ބަދަލުގައި، މިހާރު ހުރި އެއާޕޯޓުތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ބެލުން މާ މުހިންމު ކަމަށް އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ޕްލޭނަކާއެކު ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފިނަމަ، އޭވިއޭޝަން ދާއިރާއިން ޓޫރިޒަމާ އެއްވަރުގެ އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

Newsletter

Get the latest news delivered straight to your inbox