މާލޭ ލޯކަލް މާރުކޭޓުގައި މިއަދު ކިއުކަމްބާ ކިލޯއެއް 70ރ. އަށް ލިބެންހުރިއިރު، ކަނޑޫދޫ މިރުހުގެ އަގު އަނެއްކާވެސް ވަނީ އުފުލިފަ އެވެ.
މިދިޔަ ހަފްތާގައި 30ރ. އަށް ލިބެންހުރި ކިއުކަމްބާ ކިލޯއެއްގެ އަގު ރޯދަ މަހުގެ ފުރަތަމަ ދުވަހު ކިއުކަމްބާ ކިލޯއެއް 55ރ. އަށް ވެސް ލިބުނެވެ. ނަމަވެސް މިއަދު އެންމެ އަގުހެޔޮކޮށް ވެސް ކިއުކަމްބާ ކިލޯއެއް ލިބެނީ 70ރ. އަށެވެ.

ބާޒާރުގައި އެންމެ ރަނގަޅު ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެން ހުރީ 60ރ. އަށެވެ. ކިލޯއެއް ލިބެންހުރީ 580ރ. އަށެވެ. ނަމަވެސް ދޮންވެފައި ހުރި ކަނޑޫދޫ މިރުހުގެ 100 ގްރާމް 45ރ. އާއި 50ރ. އާ ދެމެދު ލިބެން އެބަހުއްޓެވެ.
ކަނޑޫދޫ މިރުހުގެ އިތުރުން ބާޒާރުގައި ދެން ހުރީ ލ. އަތޮޅު މިރުހާއި ސްރީލަންކާގެ މިރުހެވެ. ލ. އަތޮޅު މިރުހުގެ 100 ގްރާމް 50ރ. އަށް ލިބެން ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމް 35ރ. އަށް ވެސް ލިބެން އެބަހުއްޓެވެ.
ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދު ލިބުނު ނަމަވެސް، މަޑުމަޑުން އަގު އުފުލި ކަރާ ކިލޯއެއް އެންމެ އަގުހެޔޮކޮށް ވެސް ލިބެނީ މިހާރު 25ރ. އަށެވެ.
ބާޒާރުގައި ދެން އަގު އުފުލުނު ބާވަތުގެ ތެރޭގައި ފަޅޯ ހިމެނެ އެވެ. މިގޮތުން ރަނގަޅު ފަޅޯ ކިލޯއެއް މިހާރު ލިބެންހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެހެން ރޯދަ މަސްތަކާ ހިލާފަށް މިފަހަރު މާލޭ ލޯކަލް މާރުކޭޓުގައި އެންމެ ތިޔާގީ ތަރުކާރީއަށްވުރެ މޭވާ އެވެ.
ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:
- ބީންސް ކިލޯއެއް - 75ރ. އަށް
- ކެރެޓް ކިލޯއެއް - 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގައި
- ކެޕްސިކަޕް ކިލޯއެއް - 75ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގައި
- ލީކްސް ކިލޯއެއް - 80ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގައި
- ޓޮމާޓޯ ކިލޯއެއް 60ރ. އާއި 75ރ. އާ ދެމެދުގެ އަގެއްގައި.
- ލެޓިއުސް - 70ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގައި
- ލުނބޯ ކިލޯއެއް - 60ރ. އަށް
- ކޮޕީފަތް ބޮނޑިއެއް - 10ރ. އަށް
- އާފަލެއް - 6ރ. އަށް
- އޮރެންޖެއް - 12ރ. އަށް
- ކުރުނބައެއް - 35ރ. އާއި 50ރ. އަށް. [1.5 ލީޓަރު ފުޅިއެއް 150ރ. އަށް]
- ގްރޭޕްސް 100 ގްރާމް - 18ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައި
- އަންނާރު ކިލޯއެއް - 120ރ. އަށް
- މެންޑެރިން ކިލޯއެއް - 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގައި
- ފޭރު 100 ގްރާމް - 12ރ. އަށް
- ރަންބުސްތާން 100 ގްރާމް - 20ރ. އަށް
- ކިވީ 100 ގްރާމް 18ރ. އަށް
- ކަނޑުމަސް ކިލޯއެއް - 40ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި.









